މައިކްރޮސޮފްޓުން ވިންޑޯޒް 11 އަށް 2026 ވަނަ އަހަރު ނެރުނު ފުރަތަމަ ސެކިއުރިޓީ އަޕްޑޭޓް ނެރުނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ އެންމެ ހަތަރު ދުވަސް ފަހުން، ކުއްލި އައުޓް އޮފް ބޭންޑް އަޕްޑޭޓެއް ނެރެން މަޖުބޫރުވި އެވެ.
މިއައު ޕެޗް ނެރެން ދިމާވީ ކުރީގެ ސެކިއުރިޓީ ޕެޗްގެ ސަބަބުން ބައެއް ސިސްޓަމްތައް ރަނގަޅަށް ޝަޓްޑައުން ކުރުމުން ނުވަތަ ހައިބަރނޭޓްވުން ހުއްޓުވުމާއި، ރިމޯޓް ޑެސްކްޓޮޕް މެދުވެރިކޮށް ބައެއް ޔޫޒަރުންނަށް ލޮގިން ވާން ދަތިވުމުންނެވެ.
ޝަޓްޑައުން ބަގްގެ އަސަރު ލިމިޓް ކުރެވުނީ ވިންޑޯޒް 11 ގެ 23އެޗް2 ބޭނުންކުރާ މެޝިންތަކަށާއި، އެންޓަޕްރައިސް އޮފް އައިއޯޓީ އެޑިޝަންތައް ހިންގާ މެޝިންތަކަށެވެ. މިއީ ހަމައެކަނި މައިކްރޮސޮފްޓަށް މި ފަހަރު ކުރަން ޖެހުނު ކަމެއް ނޫނެވެ. މީގެ ކުރިންވެސް މިފދަ ކުއްލި ޕެޗްތައް ނެރެން ޖެހިފައި އެބަ ހުއްޓެވެ.

